ޣީބަ ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުއްޓެވެ.
އެ މީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ.
ހަމަކަށަވަރުން އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެއެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުކޮށްލަނިވި ނަރަކައަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ.
އަދި ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
(އެއީ) ﷲ ގެ އަނދައަނދާ ހުންނަ ނަރަކައެވެ.
އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކައެވެ.
ހަމަކަށަވަރުން އެ ނަރަކަ ވާނީ އެ މީހުންނާއެކު ތަޅުލައްވާފައެވެ.
(އެ މީހުން ވާނީ) ދިގުވެގެންވާ ތަނބުތަކެއްގައި ބަންނަވާފައެވެ.