ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ގިޔާމަތް ދުވަހެވެ.
ހިތްތަކަށް ބިރުވެރިކަންގެނެސްދޭ ގިޔާމަތް ދުވަހަކީ، ކޮންދުވަހެއްހެއްޔެވެ؟
އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ގިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.
އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.
ފަހެ އެ މީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެ މީހާ ދަންނާށެވެ.
ފަހެ އެ މީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.)
އަދި އެ މީހެއްގެ ތިލަފަތް ލުއިވެއްޖެ މީހާ ދަންނާށެވެ.
ފަހެ އޭނާ އުޅޭނެތަނަކީ ނަރަކައިގެ އަޑިއެވެ.
އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ.