ﷲ، އައްރަޙްމާން، އައްރަޙީމުގެ އިސްމުފުޅުން (ފަށަމެވެ.)
(އެންމެހާ) ހަމްދު ލިބިގެން ވަނީ އާލަމްތަކުގެ ރައްބު، ﷲ އަށެވެ.
(އެއީ) އައްރަޙްމާން، އައްރަޙީމެވެ. (ރަހްމާންވަންތަ، ރަހީމްވަންތަ އިލާހެވެ.)
ހިސާބު ބައްލަވާ ދުވަހުގެ ވެރި އިލާހެވެ.
އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބަ އިލާހަށެވެ. އަދި އަޅަމެން ވާގި އެދެނީ، ހަމައެކަނި އިބަ އިލާހުގެ ހަޒްރަތުންނެވެ.
ސީދާވެގެންވާ ތެދުމަގަށް އަޅަމެންނަށް މަގުދައްކަވާށިއެވެ.
އިބަ އިލާހު ނިއުމަތް ދެއްވި މީހުންގެ މަގަށެވެ. ކޯފާ ލެއްވުނު މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިގެންވާ މީހުންގެ މަގެއް ވެސް ނޫނެވެ.