އަލްފީލް

Al-Fil

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އެތުގެ އެކުވެރިންނާމެދު (އެބަހީ: ފީލު ބާގައިމީހުންނާމެދު) ކަލޭގެފާނުގެ ރައްބު، ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟
2
އެ އިލާހު އެ މީހުންގެ މަކަރާއި ހީލަތް، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟
3
އަދި އެ އިލާހު އެ މީހުންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ.
4
ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެ މީހުންނާ ދިމާޔަށް އުކަތެވެ.
5
ފަހެ ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެ އިލާހު އެ މީހުން ލެއްވިއެވެ.