ގުރައިޝް ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށް ޓަކައެވެ.
ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރުގައި އެ މީހުން އެކުވެރިކުރެއްވި ކަމަށް ޓަކައެވެ.
ފަހެ މި ގެފުޅުގެ ރައްބަށް އެ މީހުން އަޅުކަން ކުރާހުށިކަމެވެ.
އެ އިލާހީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެ މީހުންނަށް ކާންދެއްވާ، އަދި ބިރުވެރިކަމުގައި ވަނިކޮށް އެ މީހުންނަށް އަމާންކަންދެއްވި އިލާހެވެ.