ހަމަކަށަވަރުން ތިމަން އިލާހު ގިނަގުނަވެގެންވާ ހެޔޮކަން (އޭގެ ތެރޭގައި ކައުޘަރު އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ.
ފަހެ ކަލޭގެފާނުގެ ރައްބަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. އަދި ގުރުބާން ކުރައްވާށެވެ.
ހަމަކަށަވަރުން ކަލޭގެފާނު ކޯފާއިސް ކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮ ކަމަކުން ކެނޑިގެންވާ މީހާއެވެ.