އަލްމާޢޫން

Al-Ma'un

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ގިޔާމަތް ދުވަސް ދޮގުކުރާ މީހާ، ކަލޭގެފާނު ފެނިވަޑައިގަންނަވަމުތޯއެވެ؟
2
ފަހެ އެއީ ޔަތީމު ކުއްޖާ ކޮއްޕާ ދުރުކޮށްލާ މީހާއެވެ.
3
އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.
4
ފަހެ ނަމާދުކުރާ މީހުންނަށް ހަލާކު ހުއްޓެވެ.
5
އެއީ އެ މީހުންގެ ނަމާދާމެދު ޣާފިލުވެ ތިބޭ މީހުންނެވެ.
6
އެ މީހުންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.
7
އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ.