ކަލޭގެފާނު ވިދާޅުވާށެވެ. އޭ ކާފިރުންނޭވެ!
ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.
އަދި ތިމަންކަލޭގެފާނު އަޅުކަން ކުރައްވާ ހައްގުވަންތަ ﷲ އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
އަދި ތިޔަބައިމީހުން އަޅުކަންކުޅަތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
އަދި ތިމަންކަލޭގެފާނު އަޅުކަން ކުރައްވާ ހައްގުވަންތަ ﷲ އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.