ﷲ ގެ ނަސްރާއި، ފަތަޙަ އަތުވެއްޖެ ހިނދެވެ.
އަދި ﷲ ގެ ދީނަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ.
ފަހެ ކަލޭގެފާނުގެ ރައްބަށް ހަމްދާއެކު ތަސްބީހަ ވިދާޅުވާށެވެ. އަދި ފާފަ ފުއްސެވުން އެދިވަޑައިގެން އެ އިލާހުގެ ހަޒްރަތަށް ދަންނަވާށެވެ. ހަމަކަށަވަރުން ގިނަގިނައިން ތައުބާ ގަބޫލު ކުރައްވާ އިލާހަކު ކަމުގައި އެ އިލާހު ވޮޑިގެންވެއެވެ.