އަލްމަސަދު

Al-Masad

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: އަބޫލަހަބަށް ހަލާކު ހުއްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ.
2
އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.
3
ހުޅުގަނޑުގެ ވެރި ނަރަކައަށް، ނިކަންހުރެ އޭނާ ވަންނާނެއެވެ.
4
އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެ ވެސްމެއެވެ.
5
ކިފުޅިން އަޅާފައިވާ ވަލެއް، އެ ކަނބުލޭގެ ކަރުގައިވެއެވެ.