(އިބަ ނަބިއްޔާ) ވިދާޅުވާށެވެ: ފަތިހުގެ ރައްބުގެ ހަޒްރަތުން މި އަޅާ ރައްކާތެރިކަމަށް އެދެމެވެ.
އެ އިލާހު ޚަލްގު ކުރެއްވި (އެންމެހާ) ތަކެތީގެ ނުބައިކަމުން (މި އަޅާ ރައްކާތެރި ކޮށްދެއްވުމަށް އެދެމެވެ.)
އަދި ރޭގަނޑު އަނދިރިކަން ވެރިވެގެންނަ ހިނދު، އޭގެ ނުބައިކަމުން ވެސް މެއެވެ.
އަދި (ސިހުރު ހަދާފައި) ގޮށްގޮށަށް ފުމޭ މީހުންގެ ނުބައިކަމުން ވެސް މެއެވެ.
އަދި ހަސަދަވެރިޔާ، ހަސަދަވެރިވާ ހިނދު އޭނާގެ ނުބައިކަމުން ވެސް މެއެވެ.