އައްނާސް

An-Nas

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
(އިބަ ނަބިއްޔާ) ވިދާޅުވާށެވެ: މީސްތަކުންގެ ރައްބުގެ ހަޒްރަތުން މި އަޅާ ރައްކާތެރިކަމަށް އެދެމެވެ.
2
މީސްތަކުންގެ ރަސްވަންތަ ވެރި ފަރާތެވެ.
3
މީސްތަކުންގެ އިލާހެވެ.
4
ފިލާހުރެ ވަސްވާސްދޭ ޝައިތާނާގެ ނުބައިކަމުން (މި އަޅާ ރައްކާތެރި ކޮށްދެއްވުމަށް އެދެމެވެ.)
5
އެއީ އިންސާނުންގެ ހިތްތަކުގައި ވަސްވާސްދޭ ޝައިތާނާއެވެ.
6
އެއީ ޖިންނީންނާއި އިންސީންގެ ތެރެއިންވާ (ޝައިތާނުންނެވެ.)