އައްރަޙްމާން

Ar-Rahman

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އައްރަޙްމާނެވެ.
2
އެ އިލާހު ގުރްއާން އުނގަންނައިދެއްވިއެވެ.
3
އެ އިލާހު އިންސާނާ ހެއްދެވިއެވެ.
4
އެ އިލާހު އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ.
5
އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.
6
އަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެ އިލާހަށް ކިޔަމަންވެ، ސަޖިދަކުރެއެވެ.
7
އަދި އެ އިލާހު އުޑު އުފުއްލެވިއެވެ. އަދި އަދުލު އިންސާފު ލެއްވިއެވެ.
8
މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށް ޓަކައެވެ.
9
އަދުލު އިންސާފުގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ!
10
އަދި ޚަލްގުތަކުންނަށް ޓަކައި އެ އިލާހު ބިން ލައްވާފައިވެއެވެ.
11
އެ ބިމުގައި މޭވާއާއި، އެތްތަކުގެ ވެރި ކަދުރު ރުއްތައް ވެއެވެ.
12
އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ.
13
އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
14
މުށިތަކެއްފަދަ ހިކި މަށިން، އެ އިލާހު އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވިއެވެ.
15
އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެ އިލާހު ޖިންނީން ހެއްދެވިއެވެ.
16
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
17
އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ރައްބެވެ. (އެބަހީ: ދެ މޫސުމަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ރައްބެވެ.)
18
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
19
އެ އިލާހު ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެއެވެ.
20
އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެއެވެ.
21
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
22
އެ ދެކަނޑުން ރަންމުތާއި، މަރުޖާން ފައިދާވެ ނުކުމެއެވެ.
23
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
24
އަދި ކަނޑުގައި ދުއްވުމަށް ހަދާފައިވާ އުސްފަރުބަދަތައްފަދަ އުޅަނދުފަހަރު މިލްކު ވެގެންވަނީ، އެ އިލާހަށެވެ.
25
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
26
އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.
27
އަދި ކަލޭގެފާނުގެ ރައްބުގެ، މަތިވެރިކަމާއި މާތްކަމުގެ ވެރި ވަޖުހުފުޅު ދެމިވޮޑިގެންވާނެއެވެ.
28
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
29
އުޑުތަކާއި، ބިމުގައި ވާހާ ބަޔަކު އެ އިލާހަށް އެދި ދަންނަވައެވެ. ކޮންމެ ހިނދުކޮޅެއްގައިމެ، އެ އިލާހު ވޮޑިގެންވަނީ ކަމެއްގައެވެ. (އެބަހީ: ބަޔެއް އަޅުތަކުން އިއްޒަތްތެރި ކުރައްވާ، އަނެއްބައި އަޅުތަކުން ނިކަމެތި ކުރައްވާ، އެއްބަޔަކަށް ރިޒްގު ދެއްވާ، އަނެއް ބަޔަކު މަހްރޫމު ކުރައްވައެވެ.)
30
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
31
އޭ ބަރު ދެ ޖަމާއަތެވެ. (އެބަހީ: ޖިންނީންނާއި، އިންސީންނެވެ.) ތިޔަ ދެބައިމީހުންގެ މެދުގައި ނިކަންހުރެ، ތިމަން އިލާހު ހުކުމް ކުރައްވާނަމެވެ.
32
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
33
އޭ ޖިންނީންނާއި، އިންސީންގެ ޖަމާއަތުގެ މީހުންނެވެ. އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެއެވެ.
34
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
35
ތިޔަ ދެބައިމީހުންގެ މައްޗަށް (ގިޔާމަތް ދުވަހުން) އަލިފާނުގެ ހުޅުތަކާއި، ވިރިފައިވާ ލޮއި ފޮނުއްވާނެއެވެ. ފަހެ ތިޔަބައިމީހުންނަށް ނަސްރެއް ނުލިބޭނެއެވެ.
36
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
37
ފަހެ އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ.
38
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
39
ފަހެ އެ ދުވަހުން އެ މީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް ސުވާލެއް ނުކުރައްވާނެއެވެ. (އެހެނީ، އެ ދުވަހުން އެ މީހުން ފާހަގަވެ، އެނގޭނެއެވެ.)
40
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
41
(އެ ދުވަހުން) ކުށްވެރިން އެ މީހުންގެ ފާހަގައިން އެނގޭނެއެވެ. ފަހެ ނިތްގަނޑުތަކާއި ފައިތަކުގައި ހިއްޕަވައިގެން، އެ މީހުން ގެންދަވާނެއެވެ.
42
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
43
މިއީ ކުށްވެރިން ދޮގުކޮށްއުޅުނު ނަރަކައެވެ.
44
އެ ނަރަކައިގެ އަލިފާނާއި، އަދި ކެކިކެކިހުންނަ ހޫނުފެނާ ދެމެދުގައި، އެ މީހުން ހިނގަހިނގާ ތިބޭނެތެވެ.
45
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
46
އެ މީހާގެ ރައްބުގެ ހަޒްރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުއްޓެވެ.
47
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
48
ހިޔާ ފެތުރިގެންވާ ގޮފިތަކުގެ ވެރި ދެ ސުވަރުގެއެވެ.
49
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
50
ހިނގަހިނގާ ހުންނަ ފެންއާރުގެ ދެ އާރު، އެ ދެ ސުވަރުގޭގައިވެއެވެ.
51
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
52
ކޮންމެ މޭވާއަކުން ދެބާވަތް އެ ދެ ސުވަރުގޭގައިވެއެވެ.
53
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
54
(އެ މީހުން ތިބޭހުށީ) ދާންތަކެއްގެ މަތީގައި ލެނގިގެންނެވެ. އެ ދާންތަކުގެ ބަތާނަ ވަނީވެސް އިސްތަބްރަގުންނެވެ. (އެބަހީ: ފަލަ ފަށުއިންނެވެ.) އަދި އެ ދެ ސުވަރުގޭގެ މޭވާތައް (ބިންނަ މީހުންނަށް) ކައިރިވެގެންވެއެވެ.
55
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
56
ކަޅިތައް އިއްފަތްތެރި، ޙޫރުލްޢީނުން އެ ސުވަރުގެތަކުގައިވެއެވެ. އެ މީހުންގެ ކުރިން އިންސިއަކުވެސް، އަދި ޖިންނިއަކުވެސް އެ ކަނބަލުންގައި ބީހިފައެއް ނުވެއެވެ.
57
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
58
(ރީތިކަމާއި، ސާފުކަމުގައި) އެ ކަނބަލުން ޔާގޫތާއި، މަރުޖާން ފަދައެވެ.
59
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
60
ހެޔޮކަމަށް، ހެޔޮކަން ނޫން އެހެން ޖަޒާއެއް ވޭހެއްޔެވެ؟
61
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
62
އަދި އެ ދެ ސުވަރުގެ ފިޔަވާ ދެ ސުވަރުގެވެއެވެ.
63
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
64
(އެ ދެ ސުވަރުގޭގެ) ގަސްގަހުގެ ފަތްތައް ބޯވެ، ކަޅުފެހިކުލަ ލިބިގެންވެއެވެ.
65
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
66
ފެން އަރައަރާ ހުންނަ ދެ އާރު، އެ ދެތާނގައިވެއެވެ.
67
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
68
އެ ދެތާނގައި މޭވާއާއި، ކަދުރުރުކާއި، އަދި އަންނާރު ވެއެވެ.
69
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
70
ހެޔޮކަން ބޮޑު، ރީތި އަނބީން އެ ތަންތާނގައިވެއެވެ.
71
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
72
(އެއީ) ފޭލިގެތަކުގައި ފަރުދާވެވިގެންވާ ޙޫރުންތަކެކެވެ.
73
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
74
އެ މީހުންގެ ކުރިން، އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެ ކަނބަލުންގައި ބީހިފައެއް ނުވެއެވެ.
75
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
76
ފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި މަޚުމަލުގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ ހާލުގައެވެ.
77
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
78
ކަލޭގެފާނުގެ، މަތިވެރިކަމާއި މާތްކަމުގެ ވެރި ރައްބުގެ އިސްމުފުޅު، ބަރަކާތްތެރިވެ މަތިވެރިވެ ވޮޑިގެންވެއެވެ.