އައްޠާރިޤު

At-Tariq

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ.
2
އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
3
އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެވެ.
4
އެއްވެސް ނަފްސެއް، އެ ނަފްސެއްގެ މައްޗަށް ރައްކާތެރިވާނޭ މަލާއިކަތަކު ނެތިއެއް ނުވެއެވެ.
5
ފަހެ އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮން އެއްޗަކުންކަން ބަލައިފާ ހުށިކަމެވެ.
6
އޭނާ ހައްދަވާފައިވަނީ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.
7
އެ ފެން ނުކުމެގެން ދަނީ މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުންނެވެ.
8
ހަމަކަށަވަރުން އެ އިލާހީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ އިލާހުކަން ކަށަވަރެވެ.
9
ހިތްތަކުގައިވާ ސިއްރުތައް ފާޅު ކުރައްވާ، އިމްތިހާނު ކުރައްވާ ދުވަހެވެ.
10
ފަހެ އޭނާއަށް އެއްވެސް ބާރެއް، އަދި ނަސްރު ދޭނޭ މީހަކުވެސް ނުވެއެވެ.
11
ވާރޭވެއްސާ އުޑު ގަންދެއްވަމެވެ.
12
އަދި ގަސްފަޅާ ބިން ވެސް ގަންދެއްވަމެވެ.
13
ހަމަކަށަވަރުން އެ ގުރްއާނަކީ، ހައްގާއި، ބާތިލު ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ.
14
އަދި ކުޅޭކުޅޭ އެއްޗެއް ކަމުގައި އެ ގުރްއާން ނުވެއެވެ.
15
ހަމަކަށަވަރުން އެ މީހުން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވައެވެ.
16
އަދި ތިމަން އިލާހުވެސް ރޭއްވެވުމެއް ރާއްވަވަމެވެ.
17
ފަހެ ކާފިރުންނަށް ކަލޭގެފާނު މުހުލަތެއް ދެއްވާށެވެ. ކުޑަހިނދުކޮޅަކަށް އެ މީހުންނަށް ލަސްކޮށްލައްވާށެވެ.