އަލްޤަދްރު

Al-Qadr

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ހަމަކަށަވަރުން ތިމަން އިލާހު އެ (ގުރްއާން) ބާވައިލެއްވީ ލައިލަތުލް ގަދްރިގައެވެ. (ގަދްރު ވިލޭރޭގައެވެ.)
2
އަދި ލައިލަތުލް ގަދްރިއަކީ، ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
3
ލައިލަތުލް ގަދްރި، އެއްހާސް މައްސަރަށް ވުރެ ހެޔޮވެގެންވެއެވެ.
4
މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެ ބޭކަލުންގެ ރައްބުގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެއެވެ.
5
އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.