ޒިކުރު
Daily Remembrance
أَعُوْذُ بِاللَّهِ مِنَ الشَّيْطاَنِ الرَّجِيْمِ
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ
ﷲ އީ، އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ އަބަދަށް ޤާއިމުވެވޮޑިގެންވާ ރަސްކަލާނގެއެވެ. ތާއްޔާޖެހުމެއްވެސް އަދި ނިންޖެއްވެސް އެކަލާނގެއަށް ނިސްބަތްވެގެންނެއް ނުވެއެވެ. އުޑުތަކާއި ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ޙަޟްރަތުގައި އެކަލާނގެ އިޒުނަފުޅާނުލައި ޝަފާޢަތްތެރިވެވޭނީ ކާކަށްހެއްޔެވެ؟ އެބައިމީހުންގެ ކުރިމަތީގައި ވާހައި ކަމަކާއި އެބައިމީހުންގެ ފަހަތުގައި ވާހައި ކަމެއް (އެބަހީ އިސްވެދިޔަހާ ކަމަކާއި ފަހުން ވާނޭހާ ކަމެއް) އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ ޢިލްމުފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވި މިންވަރެއް މެނުވީ އެބައިމީހުންނަކަށް ނޭނގޭނެތެވެ. އެކަލާނގެ ކުރުސިކޮޅު (އެކަލާނގެ ފައިންޕުޅު އަޅުއްވާ ގޮނޑިކޮޅު) އުޑުތަކާއި ބިމަށްވުރެ ތަނަވަސްވެގެންވެއެވެ. އަދި އުޑުތަކާއި ބިން ރައްކާތެރިކޮށް ބެލެހެއްޓެވުމުގައި އެކަލާނގެއަށް އެއްވެސް ބުރަކަމެއް ނުވެއެވެ. އަދި އެކަލާނގެއީ މަތިވެރިވެ މާތްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
بِسْمِ اللَّهِ الرَّحْمٰنِ الرَّحِيْمِ
قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
(އޭ މުޙައްމަދުގެފާނެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ﷲ އެވެ. ﷲ އެއްކައުވަންތައެވެ. ﷲ އީ ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއަށް ދަރިކަލަކު ނުވެއެވެ. އަދި ބަފައިކަލަކު ނުމެވޭމެއެވެ. އަދި އެކަލާނގެއާ އެއްފަދަ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.
بِسْمِ اللَّهِ الرَّحْمٰنِ الرَّحِيْمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفّٰثَٰتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
(އޭ މުޙައްމަދުގެފާނެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ހެނދުނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން، އެކަލާނގެ ހެއްދެވި ހުރިހާ މަޚްލޫޤުންގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. އަދި ރޭގަނޑުގެ އަނދިރިކަން ވެރިވާ ހިނދު، އެރޭގަނޑުގެ އަނދިރިކަމުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. އަދި (ގޮށްތައްޖަހައި އެ) ގޮށްތަކަށް ފުމޭ މީހުންގެ (އެބަހީ ސިހުރުވެރިންގެ) ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. އަދި ހަސަދަވެރިޔާ ހަސަދަވެރިވާ ހިނދު، އޭނާގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ.
بِسْمِ اللَّهِ الرَّحْمٰنِ الرَّحِيْمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
(އޭ މުޙައްމަދުގެފާނެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ޖިންނީންނާއި އިންސާނުންގެ ތެރެއިން މީސްތަކުންގެ ހިތްތަކަށް ވަސްވާސްލައިދޭ، (ﷲ ގެ ޛިކުރުކުރެވޭހިނދު) ފަހަތަށް އެނބުރިދާ، ވަސްވާހުގެވެރި ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް، މީސްތަކުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދިދަންނަވަމެވެ. އެކަލާނގެއީ މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. މީސްތަކުންގެ އިލާހެވެ.
أَصْبَحْناَ وَأَصْبَحَ الْمُلْكُ لِلَّهِ وَالْحَمْدُ لِلَّهِ، لاَ إِلٰهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيْرٌ، رَبِّ أَسْأَلُكَ خَيْرَ ماَ فِيْ هٰذَا الْيَوْمِ وَخَيْرَ ماَ بَعْدَهُ، وَأَعُوْذُ بِكَ مِنْ شَرِّ ماَ فِيْ هٰذَا الْيَوْمِ وَشَرِّ ماَ بَعْدَهُ، رَبِّ أَعُوْذُ بِكَ مِنَ الْكَسَلِ، وَسُوْءِ الْكِبَرِ، رَبِّ أَعُوْذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ
އަޅަމެން ހެނދުނުކޮށްފީމުއެވެ. އަދި އެންމެހާ ވެރިކަމެއް ﷲ އަށްޓަކައި ހެނދުނުކޮށްފިއެވެ. (ނުވަތަ އެންމެހާ ވެރިކަމެއް ﷲ އަށް މިލްކުވެއްޖެއެވެ.) އަދި ހުރިހާ ޙަމްދެއްވަނީ ﷲ އަށެވެ. ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަދުގައި ވާހައި ހެޔޮކަމަކާއި މިއަދަށްފަހުގައި ވާހައި ހެޔޮކަމެއް ދެއްވުމަށް އެދި މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މިއަދުގައި ވާހައި ނުބައިކަމަކުންނާއި މިއަދަށްފަހުގައި ވާހައި ނުބައިކަމަކުން ރައްކާތެރި ކޮށްދެއްވުމަށްވެސް އެދި މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ކަންނެތްކަމާއި މުސްކުޅިކަމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ނަރަކައިގެ އަޛާބުންނާއި ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ.
اَللَّهُمَّ بِكَ أَصْبَحْناَ، وَبِكَ أَمْسَيْناَ، وَبِكَ نَحْياَ، وَبِكَ نَمُوْتُ وَإِلَيْكَ النُّشُوْرُ
އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ﷲ ގެ ވާގިފުޅާއެކު، އަޅަމެން ހެނދުނުކުރީމުއެވެ. އަދި ހަމަ އިބަ ﷲ ގެ ވާގިފުޅާއެކު، އަޅަމެން ހަވީރުކުރީމުއެވެ. އަދި އިބަ ﷲ ގެ ރައްކާތެރިކަމާއެކު، އަޅަމެން ދިރިތިބެމުއެވެ. އަދި ހަމަ އިބަ ﷲ ގެ ރައްކާތެރިކަމާއެކު، އަޅަމެން މަރުވަމުއެވެ. އަދި ކަށްވަޅުން ތެދުވެގެން ދިއުންވަނީ އިބަ ﷲ ގެ ޙަޟްރަތަށެވެ.
اَللَّهُمَّ أَنْتَ رَبِّيْ لاَ إِلٰهَ إِلاَّ أَنْتَ، خَلَقْتَنِيْ وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ ماَ اسْتَطَعْتُ، أَعُوْذُ بِكَ مِنْ شَرِّ ماَ صَنَعْتُ، أَبُوْءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوْءُ بِذَنْبِيْ فَاغْفِرْ لِيْ فَإِنَّهُ لاَ يَغْفِرُ الذُّنُوْبَ إِلاَّ أَنْتَ
އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ﷲ އީ މި އަޅާގެ ވެރިރަސްކަލާނގެއެވެ. އިބަ ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވެއެވެ. މި އަޅާ ހެއްދެވީ އިބަ ﷲ އެވެ. އަދި މި އަޅާއީ އިބަ ﷲ ގެ އަޅަކީމެވެ. އަދި މި އަޅާއަށް ކުޅަދާނަވީ މިންވަރަކުން މި އަޅާ މިހުރީ އިބަ ﷲ ގެ ޢަހުދުގެ މަތީގައެވެ. އަދި އިބަ ﷲ ގެ ވަޢުދުގެ މަތީގައެވެ. މި އަޅާއަށް ކުރެވިފައިވާ ކަންތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން އެދިދަންނަވަމެވެ. މި އަޅާގެ މައްޗަށްވާ އިބަ ﷲ ގެ ނިޢުމަތަށް މި އަޅާ އިޢުތިރާފުވަމެވެ. އަދި މި އަޅާގެ ފާފަތަކަށްވެސް މި އަޅާ އިޢުތިރާފުވަމެވެ. ފަހެ މި އަޅާއަށް ފާފަފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން އިބަ ﷲ ފިޔަވައި ފާފަފުއްސަވައިދެވޭނެ އެހެންފަރާތެއް ނުވެއެވެ.
اَللَّهُمَّ إِنِّيْ أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ، وَمَلاَئِكَتَكَ وَجَمِيْعَ خَلْقِكَ، أَنَّكَ أَنْتَ اللَّهُ لاَ إِلٰهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيْكَ لَكَ، وَأَنَّ مُحَمَّدًا عَبْدُكَ وَرَسُوْلُكَ
އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ﷲ އާއި، އިބަ ﷲ ގެ ޢަރުޝު އުފުއްލަވާ މަލާއިކަތުންނާއި އަދި އިބަ ﷲ ގެ ހުރިހާ މަލާއިކަތުންނާއި، ހުރިހާ މަޚްލޫޤުން ހެކިކުރާހާލު، ހަމަކަށަވަރުން މި އަޅާ ހެނދުނުކުރަމެވެ. ހަމަކަށަވަރުން އިބަ ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އަދި އިބަ ﷲ އެއްކައުވަންތައެވެ. އިބަ ﷲ އަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ އިބަ ﷲ ގެ އަޅާއެވެ. އަދި އިބަ ﷲ ގެ ރަސޫލާއެވެ.
اَللَّهُمَّ ماَ أَصْبَحَ بِيْ مِنْ نِعْمَةٍ أَوْ بِأَحَدٍ مِنْ خَلْقِكَ فَمِنْكَ وَحْدَكَ لاَ شَرِيْكَ لَكَ، فَلَكَ الْحَمْدُ وَلَكَ الشُّكْرُ
އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާގެ މައްޗަށް ނުވަތަ އިބަ ﷲ ގެ މަޚްލޫޤުންކުރެ މަޚްލޫޤެއްގެ މައްޗަށް، އެއްވެސް ނިޢުމަތެއް ހެނދުނުކޮށްފިނަމަ، ފަހެ އެނިޢުމަތްވަނީ އިބަ ﷲ ގެ ޙަޟްރަތުންނެވެ. އިބަ ﷲ އެއްކައުވަންތައެވެ. އިބަ ﷲ އަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ފަހެ ހުރިހާ ޙަމްދަކާއި ޝުކުރެއް ވަނީ އިބަ ﷲ އަށެވެ.
اَللَّهُمَّ عاَفِنِيْ فِيْ بَدَنِيْ، اَللَّهُمَّ عاَفِنِيْ فِيْ سَمْعِيْ، اَللَّهُمَّ عاَفِنِيْ فِيْ بَصَرِيْ، لاَ إِلٰهَ إِلاَّ أَنْتَ، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنَ الْكُفْرِ، وَالْفَقْرِ، وَأَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ، لاَ إِلٰهَ إِلاَّ أَنْتَ
އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާއަށް މި އަޅާގެ ހަށިގަނޑުގައި ފުރިހަމަ ޞިއްޙަތެއް ލައްވާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާއަށް މި އަޅާގެ އެހުމުގައިވެސް ފުރިހަމަ ޞިއްޙަތެއް ލައްވާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާއަށް މި އަޅާގެ ފެނުމުގައިވެސް ފުރިހަމަ ސިއްޙަތެއް ލައްވާނދޭވެ! އިބަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ކާފިރުކަމުންނާއި ފަޤީރުކަމުން ރައްކާތެރިކޮށްދެއްވުމަށް މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން އެދިދަންނަވަމެވެ. އަދި ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށްވެސް މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން އެދިދަންނަވަމެވެ. އިބަ ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ.
حَسْبِيَ اللَّهُ لاَ إِلٰهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيْمِ
މި އަޅާއަށް ﷲ ފުދެއެވެ. އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މި އަޅާ ވަކީލުކުރަނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އެކަލާނގެއީ މަތިވެރި ޢަރުޝުގެ ވެރިރަސްކަލާނގެއެވެ.
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ، اللّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَ الْعَافِيَةَ فِي دِيْنِي، وَدُنْيَايَ وَأَهْلِي، وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِيْنِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَ أَعُوْذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي
އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މި އަޅާ، އިބަ ﷲ ގެ ޙަޟްރަތުން، ދުނިޔެއާއި އާޚިރަތުގައި ޢަފޫކުރެއްވުމަށާއި ފުރިހަމަ ޢާފިޔަތަށް އެދިދަންނަވަމެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މި އަޅާ، އިބަ ﷲ ގެ ޙަޟްރަތުން ޢަފޫކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި މި އަޅާގެ ދީނާއި، ދުނިޔޭގައި އަދި މި އަޅާގެ އަހުލުވެރިންނާއި، މުދަލުގައި ފުރިހަމަ ޢާފިޔަތަކަށް އެދިދަންނަވަމެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާގެ ޢައިބުތައް ވަންހަނާ ކޮށްދެއްވާނދޭވެ! އަދި މި އަޅާގެ ބިރުގަތުންތަކުން އަމާންކަން ދެއްވާނދޭވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާގެ ކުރިމަތިންނާއި، މި އަޅާގެ ފުރަގަހުންނާއި، މި އަޅާގެ ކަނާތްފަރާތުންނާއި، މި އަޅާގެ ވާތްފަރާތުންނާއި އަދި މި އަޅާގެ މަތިން މި އަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! އަދި ކުއްލިއަކަށް މި އަޅާގެ ދަށުން މި އަޅާ ހަލާކުވެދިއުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲ ގެ މާތްކަން މެދުވެރިކޮށް ދަންނަވަމެވެ.
اَللَّهُمَّ عاَلِمَ الْغَيْبِ وَالشَّهاَدَةِ، فاَطِرَ السَّماَوَاتِ وَالأَرْضِ، رَبَّ كُلِّ شَيْءٍ وَمَلِيْكَهُ، أَشْهَدُ أَنْ لاَ إِلٰهَ إِلاَّ أَنْتَ، أَعُوْذُ بِكَ مِنْ شَرِّ نَفْسِيْ، وَمِنْ شَرِّ الشَّيْطاَنِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَىٰ نَفْسِيْ سُوْءًا، أَوْ أَجُرَّهُ إِلَى مُسْلِمٍ
އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޣައިބުގައިވާ ކަންތަކާއި ފެންނަހައި ކަމެއް ދެނެވޮޑިގެންވާ ރަސްކަލާކޮ! އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ރަސްކަލާކޮ! ހުރިހާ އެއްޗެއްގެވެރި އަދި އެތަކެތީގެ މިލްކުވެރި ރަސްކަލާކޮ! އިބަ ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވާކަމަށް މި އަޅާ ހެކިވަމެވެ. މި އަޅާގެ ނަފްސުގެ ނުބައިކަމާއި، ޝައިޠާނާގެ ނުބައިކަމާއި، އެޝައިޠާނާ (އިބަ ﷲ އާ) ޝަރީކުކުރުމަށް ލައިދޭ ވަސްވާހުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މި އަޅާގެ އަމިއްލަނަފްސުގެ މައްޗަށް މި އަޅާއަށް ކުރެވޭ ނުބައިކަންތަކުންނާއި ނުވަތަ އެނުބައިކަންތައް އެހެން މުސްލިމަކުލައްވައި ކުރުވުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ.
بِسْمِ اللَّهِ الَّذِيْ لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلاَ فِي السَّماَءِ وَهُوَ السَّمِيْعُ الْعَلِيْمُ
ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއެކު، ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެތެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
رَضِيْتُ بِاللَّهِ رَبًّا، وَبِالإِسْلاَمِ دِيْناً، وَبِمُحَمَّدٍ ﷺ نَبِيًّا
ﷲ އީ ހުރިހާ އެއްޗެއްގެ ވެރިރަސްކަލާނގެ ކަމަށާއި، އަދި އިސްލާމްދީނަކީ ދީންކަމަށާއި، އަދި محمّد ﷺ އީ ނަބިއްޔާކަމަށް އަހުރެން ރުހިއްޖައީމެވެ.
ياَ حَيُّ ياَ قَيُّومُ بِرَحْمَتِكَ أَسْتَغِيْثُ أَصْلِحْ لِيْ شَأْنِيْ كُلَّهُ وَلاَ تَكِلْنِيْ إِلَى نَفْسِيْ طَرْفَةَ عَيْنٍ
އޭ ދިރިދެމިވޮޑިގެންވާ ރަސްކަލާކޮ! މުޅިކާއިނާތު ބެލެހެއްޓެވުމުގައި ޤާއިމުވެވޮޑިގެންވާ ރަސްކަލާކޮ! ހަމައެކަނި އިބަ ﷲ ގެ ރަޙުމަތުގެ ޒަރިއްޔާއިން މި އަޅާ ފަރިޔާދުކުރަމެވެ. މި އަޅާގެ ހުރިހާކަމެއް މި އަޅާއަށް އިސްލާޙުކޮށްދެއްވާނދޭވެ! އަދި އެސްފިޔައެއްޖަހައިލާ ހިނދުކޮޅަކަށްވެސް މި އަޅާއާ މި އަޅާގެ ނަފްސު ޙަވާލުނުކުރައްވާނދޭވެ!
أَصْبَحْناَ وَأَصْبَحَ الْمُلْكُ لِلَّهِ رَبِّ الْعاَلَمِيْنَ، اَللَّهُمَّ إِنِّيْ أَسْأَلُكَ خَيْرَ هٰذَا الْيَوْمِ، فَتْحَهُ، وَنَصْرَهُ، وَنُوْرَهُ، وَبَرَكَتَهُ، وَهُدَاهُ، وَأَعُوْذُ بِكَ مِنْ شَرِّ ماَ فِيْهِ وَشَرِّ ماَ بَعْدَهُ
އަޅަމެން ހެނދުނުކޮށްފީމުއެވެ. އަދި އެންމެހާ ވެރިކަމެއް ޢާލަމްތަކުގެވެރި ﷲ އަށްޓަކައި ހެނދުނުކޮށްފިއެވެ. (ނުވަތަ އެންމެހާ ވެރިކަމެއް ޢާލަމްތަކުގެވެރި ﷲ އަށް މިލްކުވެއްޖެއެވެ.) އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މި އަޅާ، އިބަ ﷲ ގެ ޙަޟްރަތުން މިދުވަހުގެ ހެޔޮކަންދެއްވުމަށް އެދިދަންނަވަމެވެ. އެބަހީ މިދުވަހުގެ ފަތަޙައާއި، މިދުވަހުގެ ނަޞްރާއި، މިދުވަހުގެ ނޫރާއި، މިދުވަހުގެ ބަރަކާތާއި އަދި މިދުވަހުގެ ހިދާޔަތެވެ. އަދި މި އަޅާ، އިބަ ﷲ ގެ ޙަޟްރަތުން މިދުވަހުގައިވާ ނުބައިކަމުންނާއި، މިއަދަށްފަހުގައިވާ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.
أَصْبَحْنَا عَلَى فِطْرَةِ الْإسْلَامِ، وَعَلَى كَلِمَةِ الْإخْلَاصِ، وَعَلَى دِيْنِ نَبِيِّنَا مُحَمَّدٍ ﷺ، وَعَلَى مِلَّةِ أبِيْنَا إِبْرَاهِيمَ، حَنِيْفاً مُسْلِماً وَمَا كَانَ مِنَ الْمُشْرِكِيْنَ
އިސްލާމްދީނުގެ ފިޠުރަތުގެ މައްޗަށާއި، އިޚްލާޞްތެރި ކަލިމަފުޅުގެ (ޝަހާދަތުގެ ކަލިމަފުޅުގެ) މައްޗަށާއި، އަޅަމެންގެ ނަބިއްޔާ محمّد ﷺ ގެ ދީނުގެ މައްޗަށާއި އަދި އަޅަމެންގެ ބައްޕަ إِبْرَاهِيْم عليه السلام ގެ މިއްލަތުގެ މައްޗަށް އަޅަމެން ހެނދުނުކޮށްފީމުއެވެ. އެކަލޭގެފާނަކީ ހުރިހާ ބާޠިލުޢަޤީދާތަކަކުން އެއްކިބާވެގެންވާ (ﷲ އަށް) ކިޔަމަންތެރި ބޭކަލެކެވެ. އަދި މުޝްރިކުންގެ ތެރެއިން އެކަލޭގެފާނު ވެވަޑައިނުގަންނަވަތެވެ."
سُبْحاَنَ اللَّهِ وَبِحَمْدِهِ
މާތް ﷲ، އެކަލާނގެއަށް ޙަމްދު ލިބިވޮޑިގެންވުމާއެކު، ހުސްޠާހިރުވެ ވޮޑިގެންވެއެވެ.
لاَ إِلٰهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيْرٌ
ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކުނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ.
سُبْحاَنَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَ رِضاَ نَفْسِهِ، وَ زِنَةَ عَرْشِهِ، وَمِدَادَ كَلِماَتِهِ
މާތް ﷲ، އެކަލާނގެއަށް ޙަމްދުލިބިވޮޑިގެންވުމާއެކު، ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އެއީ އެކަލާނގެ މަޚްލޫޤުންގެ ޢަދަދާ އެއްވަރަށެވެ. އަދި އެކަލާނގެ ޒާތުފުޅަށް އެކަލާނގެ ރުހިވޮޑިގެންވާ މިންވަރަށެވެ. އަދި އެކަލާނގެ ޢަރުޝުގެ ވަޒަނާ އެއްވަރަށެވެ. އަދި އެކަލާނގެ ކަލިމަފުޅުތަކުގެ ދެއްޔާ އެއްވަރަށެވެ.
اَللَّهُمَّ إِنِّيْ أَسْأَلُكَ عِلْماً ناَفِعاً، وَرِزْقاً طَيِّباً، وَعَمَلاً مُتَقَبَّلاً
އޭހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މި އަޅާ، އިބަ ﷲ ގެ ޙަޟްރަތުން ފައިދާކުރަނިވި ޢިލްމަކާއި، ޙަލާލުވެގެންވާ ރިޒްޤަކާއި، ޤަބޫލުކުރެވިގެންވާ ޢަމަލެއް ދެއްވުމަށް އެދިދަންނަވަމެވެ.
أَسْتَغْفِرُ اللَّهَ وَأَتُوْبُ إِلَيْهِ
މި އަޅާ، ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އަދި އެކަލާނގެ ޙަޟްރަތަށް ތައުބާވަމެވެ.
اَللَّهُمَّ صَلِّ وَسَلِّمْ عَلَىٰ نَبِيِّناَ مُحَمَّدٍ
އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ނަބިއްޔާ، މުޙައްމަދުގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލައްވާނދޭވެ!