(އިބަ ނަބިއްޔާ) ވިދާޅުވާށެވެ: އެ އިލާހީ އެއްކައުވަންތަ ﷲ އެވެ.
ﷲ އީ އައްޞަމަދެވެ. (އެބަހީ: އެންމެހާ ތަކެތި އެ އިލާހަށް ބޭނުން ޖެހިފައިވާ، އަދި އެއްވެސް އެއްޗަކަށް އެ އިލާހު ބޭނުންވެވޮޑިގެން ނުވާ އިލާހެވެ.)
އެ އިލާހަށް (އެއްވެސް ދަރިކަލެއް) އުފަންވެފައެއް ނުވެއެވެ. އަދި އެ އިލާހު (އެއްވެސް ފަރާތަކަށް) އުފަންވެވޮޑިގެނެއް ނުވެއެވެ.
އަދި އެ އިލާހާ ކުފޫހަމަވާ، އެއްފަދަވާ އެއްވެސް ފަރާތަކު ނުވެއެވެ.