
އިޙްރާމް ބަނުން
ރުކުނެއްތަން (ލޮކޭޝަން)
ޔަލަމްލަމް: ދިވެހިރާއްޖެއިން ޙައްޖަށް ނުވަތަ ޢުމްރާއަށް ދާ މީހުންގެ މީޤާތު (އިޙްރާމް ބަނުމުގެ ވަގުތާއި ތަން)
އިޙްރާމް ބަނުމަކީ، ޢުމްރާއަށް ނިޔަތްގަނެ، އިޙްރާމް ބަނުމަށް ހެދުން އެޅުމުގެ ގޮތުން، ހުދު ފޮށައެއް އަނދެ އަނެއް ފޮށާ ގައިގާލައި، އަދި އަންހެނުން އެމީހަކު އިޙްރާމް ބަނުމަށްޓަކައި ތައްޔާރުކޮށްފައިވާ ހެދުމެއް ލައި، އެކަމުގެ އަޅުކަމުގެ ތެރެޔަށް ވަދެއްޖައުމެވެ. ޔަލަމްލަމް އަކީ މިސަރަޙައްދުން ސީދާ ޖިއްދާއަށް ދާނަމަ އަޙްރާމް ބަނުމަށް އޮންނަ މީޤާތެވެ. މައްކާއާއި މިމީޤާތާ ދެމެދު ދުރުމިނަކީ 92 ކިލޯމީޓަރެވެ. މަތިންތާބޯޓްގައި އެއީ 20 މިނެޓެވެ. މައްކާއަށް އަރައި ޢުމްރާގެ ކަންތައް ފުރިހަމަކޮށް އިޙްރާމް ކަނޑައިފުމަށްދާންދެން ހުރެވޭހުށީ އިޙްރާމް ބަނދެގެންނެވެ.
Duas
ޢުމްރާގެ ނިޔަތް
لَبَّيْكَ اللَّهُمَّ عُمْرَة
Show TransliterationHide Transliteration
Labbayka llāhumma ‘umratan
ޔާ ﷲ! މިއަޅާ އިބަ ﷲ އަށްޓަކައި ޢުމްރާ ކުރުމަށް މިއަޅާ މިހުރީ އައިސްއެވެ.
ޢުމްރާގެ ނިޔަތް
اللَّهُمَّ إِنِّيْ أُرِيْدُ الْعُمْرَةَ فَيَسِّرْهَا لِيْ وَتَقَبَّلْهَا مِنِّيْ
Show TransliterationHide Transliteration
Allāhumma innī urīdu l-‘umrata fa yassirhā lī wa taqabbalhā minnī
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ޢުމްރާެއެއް ވުމަށް އެދެމެވެ. މިއަޅާއަށް އެކަން ލުއިކޮށް ދެއްވާނދޭވެ.
ޢުމްރާގެ ނިޔަތް (ނިޔާވެފައިވާ މަންމައަށް ޢުމްރާ ވާނަމަ)
لَبَّيْكَ اللَّهُمَّ عُمْرَة عَنْ أُمِّى
Show TransliterationHide Transliteration
Allāhumma innī urīdu l-‘umrata fa yassirhā lī wa taqabbalhā minnī
ޔާ ﷲ! މިއަޅާގެ މަންމަގެ ފަރާތުން އިބަ ﷲ އަށްޓަކައި ޢުމްރާ ކުރުމަށް މިއަޅާ މިހުރީ އައިސްއެވެ.
ޢުމްރާގެ ނިޔަތް (ނިޔާވެފައިވާ ބައްޕައަށް ޢުމްރާ ވާނަމަ)
لَبَّيْكَ اللَّهُمَّ عُمْرَة عَنْ أَبِي
Show TransliterationHide Transliteration
Allāhumma innī urīdu l-‘umrata fa yassirhā lī wa taqabbalhā minnī
ޔާ ﷲ! މިއަޅާގެ ބައްފާގެ ފަރާތުން އިބަ ﷲ އަށްޓަކައި ޢުމްރާ ކުރުމަށް މިއަޅާ މިހުރީ އައިސްއެވެ.
ޢުމްރާގެ ނިޔަތް (އެހެން މީހަކަކަށް ޢުމްރާ ވާނަމަ، މިސާލަކަށް އަޙްމަދު ކިޔާ ފަރާތެއް)
لَبَّيْكَ اللَّهُمَّ عُمْرَة عَنْ أَحْمَدُ
Show TransliterationHide Transliteration
Allāhumma innī urīdu l-‘umrata fa yassirhā lī wa taqabbalhā minnī
ޔާ ﷲ! އަޙްމަދު ފަރާތުން އިބަ ﷲ އަށްޓަކައި ޢުމްރާ ކުރުމަށް މިއަޅާ މިހުރީ އައިސްއެވެ.
ދަތުރު ދުޢާ
اللّٰهُ أَكْبَرُ ، اللّٰهُ أَكْبَرُ ، اللّٰهُ أَكْبَرُ ﴿ سُبْحَـٰنَ ٱلَّذِى سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ ، وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ ﴾ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا ، وَاطْوِ عَنَّا بُعْدَهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ ، وَالْخَلِيفَةُ فِي الأَهْلِ ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ ، وَكَآبَةِ الْمَنْظَرِ ، وَسُوْءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ
Show TransliterationHide Transliteration
Allāhu akbar Allāhu akbar Allāhu akbar. Subḥāna-lladhī sakhkhara lanā hādhā wa mā kunnā lahu muqrinīn wa innā ilā Rabbinā la-munqalibūn. Allāhumma innā nas’aluka safarinā hādha-l-birra wa-t-taqwā, wa mina-l-‘amali mā tarḍā. Allāhumma hawwin ‘alaynā safaranā hādhā, wa-ṭwi ‘annā bu’dah. Allāhumma Anta-ṣ-Ṣāhibu fi-s-safari wa-l-Khalīfatu fi-l-ahl. Allāhumma innī a’ūdhu bika min wa’thā’i-s-safar, wa ka’ābati-l-manẓari wa sū’i-l-munqalabi fi-l-māli wa-l-ahl
އެންމެބޮޑީ اللّٰهُ އެވެ. އެންމެބޮޑީ اللّٰهُ އެވެ. އެންމެބޮޑީ اللّٰهُ އެވެ. މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާޙާލު، މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ހުސްޠާހުރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރިދިއުންވަނީ އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިދަތުރުގައި އަޅަމެން، އިބަ اللّٰهُ ގެ ޙަޟްރަތުން ހެވަށާއި ތަޤުވާވެރިކަމަށް އަދި އިބަ اللّٰهُ ރުއްސަވާ ޢަމަލަށް އެދެމުއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިދަތުރު އަޅަމެންނަށް ފަސޭހަކޮށްދެއްވާނދެވެ! އަދި ދަތުރުގެ ދިގުކަން ކުރުކަމުގައި އަޅަމެންނަށް އިޙުސާސްކޮށްދެއްވާނދޭވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ދަތުރުގައި އަޅަމެންގެ އެކުވެރިއަކީ އިބަ اللّٰهُ އެވެ. އަދި މިއަޅާގެ (ގޭގެ) އަހުލުވެރިންގެ ޚަލީފާއަކީ (އެބައިމީހުންގެ ކަންތައްތައް އަދި މިއަޅާގެ (ގޭގެ) އަހުލުވެރިންގެ ޚަލީފާތަކީ) ވެސް ހަމަ އިބަ اللّٰهُ އެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ދަތުރުގެ އުނދަގޫކަމާއި، ހިތާމަކުރުވަނިވި މަންޒަރުން އަދި މުދަލާއި އަހުލުވެރިންގެ ތެރެއަށް އަންނަ ބަދަލަކުން ރައްކާތެރިކޮށްދެއްވުމަށް އިބަ اللّٰهُ ގެ ޙަޟްރަތުން އެދިދަންނަވަމެވެ.
ކީރިތި ޤުރުއާން [43:13]، ސަޙީޙް މުސްލިމް [1342] (2/998)، ސުނަން އަބީ ދާވޫދު [2593]