ޢުމްރާ ދަތުރު

Step-by-step Umrah Guide

1

އިޙްރާމް ބަނުން

ރުކުނެއް

އިޙްރާމް ބަނުމަކީ، ޢުމްރާއަށް ނިޔަތްގަނެ، އިޙްރާމް ބަނުމަށް ހެދުން އެޅުމުގެ ގޮތުން، ހުދު ފޮށައެއް އަނދެ އަނެއް ފޮށާ ގައިގާލައި، އަދި އަންހެނުން އެމީހަކު އިޙްރާމް ބަނުމަށްޓަކައި ތައްޔާރުކޮށްފައިވާ ހެދުމެއް ލައި، އެކަމުގެ އަޅުކަމުގެ ތެރެޔަށް ވަދެއްޖައުމެވެ. ޔަލަމްލަމް އަކީ މިސަރަޙައްދުން ސީދާ ޖިއްދާއަށް ދާނަމަ އަޙްރާމް ބަނުމަށް އޮންނަ މީޤާތެވެ. މައްކާއާއި މިމީޤާތާ ދެމެދު ދުރުމިނަކީ 92 ކިލޯމީޓަރެވެ. މަތިންތާބޯޓްގައި އެއީ 20 މިނެޓެވެ. މައްކާއަށް އަރައި ޢުމްރާގެ ކަންތައް ފުރިހަމަކޮށް އިޙްރާމް ކަނޑައިފުމަށްދާންދެން ހުރެވޭހުށީ އިޙްރާމް ބަނދެގެންނެވެ.

އިޙްރާމް ބަނުން
2

ތަލްބިޔާ ކިޔުން

ސުންނަތެއް

ޢުމްރާއަށް ނިޔަތް ގަތުމާއިއެކު ގިނަގިނައިން ތަލްބިޔާ ކިޔަންވާނެއެވެ.

ތަލްބިޔާ ކިޔުން
3

ޠަވާފު ކުރުން

ރުކުނެއް

ޠަވާފަކީ ގެފުޅު ވަށައިގެން ހަތްބުރު ޖެހުމެވެ. ކޮންމެ ބުރެއްވެސް ފަށާނީ ޙަޖަރުލް އަސްވަދު އާއި ހަމައިންނެވެ. ނިންމާނީވެސް އެހިސާބަށެވެ. މުޅި ޠަވާފުގައިވެސް ފިރިހެނުން ކަނާތު ކޮނޑު ހާމައަށް ބެހެއްޓުން ސުންނަތް ވެގެންވެއެވެ. އަދި ޠަވާފުކޮށް ނިމުމުން ދެކޮނޑުވެސް ފޮރުވަންވާނެއެވެ. ޠަވާފު ކުރުމަށް ވުޟޫ ހުރުން ލާޒިމް ވެގެންވެއެވެ. ޠަވާފު ކުރަމުން ދަނިކޮށް ވުޟޫ ގެއްލިއްޖެނަމަ ވުޟޫކޮށްގެން އަލުން ޠަވާފު ފަށާނީއެވެ. ޠަވާފު ކުރަމުން ދަނިކޮށް ފަރްޟު ނަމާދަށް ޤަމަތް ދީފިނަމަ، ޖަމާޢަތުގައި ބައިވެރިވެ ނަމާދު ކުރާނީއެވެ. އަދި ނަމާދު ނިމިގެން ޠަވާފުގެ ބާކީ އޮތްބައި ފުރިހަމަ ކުރާނީއެވެ.

ޠަވާފު ކުރުން
4

ޠަވާފުގެ ދެ ރަކުއަތް ކުރުން

ސުންނަތެއް

ޠަވާފުގެ ހަތްބުރު ޖަހައިނިމުމުން، މަޤާމް އިބްރާހީމް އަށް ގޮސް ޠަވާފުގެ ސުންނަތް ދެ ރަކުޢަތް ކަމަށް ނިޔަތްގަނެ ކުރު ދެރަކުޢަތް ކުރާށެވެ. އެތަނާ ކައިރި ނުވެވޭނަމަ މިސްކިތުގެ ކޮންމެ ތަނެއް ވެސް ފުދޭނެއެވެ. މިނަމާދުގެ ފުރަތަމަ ރަކްޢަތުގައި ސޫރަތުލް ފާތިޙާއަށް ފަހު ސޫރަތުލް ކާފިރޫން އަދި ދެވަނަ ރަކްޢަތުގައި ސޫރަތުލް ފާތިޙާއަށް ފަހު ސޫރަތުލް އިޚްލާޞް ކިޔާ ނަމާދު ފުރިހަމަ ކުރުމަށްފު އިޚްލާސްތެރިކަމާއެކު ދުޢާ ކުރާނީއެވެ.

ޠަވާފުގެ ދެ ރަކުއަތް ކުރުން
5

ޒަމްޒަމްފެން ބޭނުންކުރުން

ސުންނަތެއް

ޠަވާފު ކުރުމަށްފަހު ޒަމްޒަމްފެން ބޮއި، އެފެނުން މޫނާއި ބޯ ދޮވެ، ހެޔޮ ދުޢާ ކުރަންވާނެއެވެ. ޒަމްޒަމްފެން ބޯއިރު ޤިބްލައައް ކުރިމަތިލައިގެން ހުރެ ބުއިމަށް އެދެވިގެންވެއެވެ. - ސުނަން އިބްނު މަޖާ [3061].

ޒަމްޒަމްފެން ބޭނުންކުރުން
6

ސަޢުޔުކުރުން

ރުކުނެއް

ޞަފާމަރުވާ ދެމެދު ހިނގާއިރު، ހިނގަން ފައްޓާނީ ޞަފާއިންނެވެ. ޞަފާ ފަރުބަދައަށް އެރުމަށް ފަހު ގެފުޅާއި ދިމާއަށް ކުރިމަތި ލައިގެން ހުރެ ތަކުބީރާއި ތަހުލީލު ކިއުމަށްފަހު ކީރިތި ރަސޫލާ އަށް ޞަލަވާތް ކިޔެވުމަށްފަހު ދުޢާކުރާށެވެ. ދެން މަރުވާ އާއި ދިމާއަށް ހިގައިގަންނާށެވެ. ފެހިކުލައިން ފާހަގަކޮށްފައިވާ ދެ އިޝާރާތް ދެމެދު، ފިރިހެނުން ހިގުން ވަރަށް ބާރު ކޮށްލުން ސުންނަތްވެގެން ވެއެވެ. އަންހެނުން ހަމަ އާދައިގެ ގޮތެއްގައި ހިނގާނީއެވެ. މަރުވާ އަށް ދެވުމުން ގެފުޅާއި ދިމާއަށް ކުރިމަތިލައިގެން ހުރެ ތަކުބީރާއި ތަހުލީލު ކިއުމަށްފަހު ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމަށްފަހު ދުޢާކުރާށެވެ. މަރުވާއަށް އައުމުން އެވީ އެއް ބުރެވެ. އަނެއްކާ އެނބުރި ޞަފާއަށް ދިއުމުން އެވީ ދެ ބުރެވެ. ހަތްބުރު ހަމަކުރާނީ ދެންމެ މިދެންނެވި ގޮތަށެވެ (ގާތްގަނޑަކަށް 3.15 ކިލޯ މީޓަރ). ޞަފާއިން ފެއްޓީމާ ހަތްވަނަ ބުރު ހަމަވާނީ މަރުވާ އަށެވެ.

ސަޢުޔުކުރުން
7

ބޯ ބޭލުން ނުވަތަ ކޮށުން

ވާޖިބެއް

ސަޢުޔު ކުރުމަށްފަހު ފިރިހެނުން ބޯ ބާލާނީ ނުވަތަ ކޮށާނީއެވެ. އަންހެނުން ބޮލުގެ އިސްތަށިގަނޑުގެ ކޮޅުން ތަންކޮޅެއް ބުރިކޮއްލާނީއެވެ.

ބޯ ބޭލުން ނުވަތަ ކޮށުން