
ސަޢުޔުކުރުން
ރުކުނެއްތަން (ލޮކޭޝަން)
ސަޢުޔުކުރުމަވީ ޞަފާއާއި މަރުވާއާއި ދެމެދު ހިނގުމެވެ. ޞަފާއަކީ އަބޫ ޤުބައިސް ފަރުބަދައިގެ އެއްކޮޅެވެ. މަރުވާއަކީ ޤަތްނުޤާޢު ފަރުބަދައިގެ އެއްކޮޅެވެ.
ޞަފާމަރުވާ ދެމެދު ހިނގާއިރު، ހިނގަން ފައްޓާނީ ޞަފާއިންނެވެ. ޞަފާ ފަރުބަދައަށް އެރުމަށް ފަހު ގެފުޅާއި ދިމާއަށް ކުރިމަތި ލައިގެން ހުރެ ތަކުބީރާއި ތަހުލީލު ކިއުމަށްފަހު ކީރިތި ރަސޫލާ އަށް ޞަލަވާތް ކިޔެވުމަށްފަހު ދުޢާކުރާށެވެ. ދެން މަރުވާ އާއި ދިމާއަށް ހިގައިގަންނާށެވެ. ފެހިކުލައިން ފާހަގަކޮށްފައިވާ ދެ އިޝާރާތް ދެމެދު، ފިރިހެނުން ހިގުން ވަރަށް ބާރު ކޮށްލުން ސުންނަތްވެގެން ވެއެވެ. އަންހެނުން ހަމަ އާދައިގެ ގޮތެއްގައި ހިނގާނީއެވެ. މަރުވާ އަށް ދެވުމުން ގެފުޅާއި ދިމާއަށް ކުރިމަތިލައިގެން ހުރެ ތަކުބީރާއި ތަހުލީލު ކިއުމަށްފަހު ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމަށްފަހު ދުޢާކުރާށެވެ. މަރުވާއަށް އައުމުން އެވީ އެއް ބުރެވެ. އަނެއްކާ އެނބުރި ޞަފާއަށް ދިއުމުން އެވީ ދެ ބުރެވެ. ހަތްބުރު ހަމަކުރާނީ ދެންމެ މިދެންނެވި ގޮތަށެވެ (ގާތްގަނޑަކަށް 3.15 ކިލޯ މީޓަރ). ޞަފާއިން ފެއްޓީމާ ހަތްވަނަ ބުރު ހަމަވާނީ މަރުވާ އަށެވެ.
Duas
ފުރަތަމަ ފަހަރައް ޞަފާ ފަރުބަދައާއި ހަމަވުމުން
﴿إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ﴾ - أَبْدَأُ بِمَا بَدَأَ اللَّهُ بِهِ
Show TransliterationHide Transliteration
Inna ṣ-ṣafā wa l-marwata min sha’ā’iri llāh(i). Abda’u bimā bad’allahu bihi.
ހަމަކަށަވަރުން، ޞަފާ އާއި މަރުވާވަނީ اللَّه ގެ (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ނިޝާންތަކުގެ ތެރެއިންނެވެ. (އާޔަތުގައި اللّٰهُ ފައްޓަވާފައިވާ ތަނުން (ޞަފާއިން) ފައްޓަވަމެވެ).
ކީރިތި ޤުރުއާން ސޫރަތުލް ބަޤަރަ [2:158]، ސުނަން އައްނަސައު 2970
ފުރަތަމަ ފަހަރު ފިޔަވައި އެހެން ފަހަރުތަގުގައި ޞަފާ ފަރުބަދައާއި ހަމަވުމުން
إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِاللَّهِ
Show TransliterationHide Transliteration
Inna ṣ-ṣafā wa l-marwata min sha’ā’iri llāh(i). Abda’u bimā bad’allahu bihi.
ހަމަކަށަވަރުން، ޞަފާ އާއި މަރުވާވަނީ اللَّه ގެ (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ނިޝާންތަކުގެ ތެރެއިންނެވެ.
ކީރިތި ޤުރުއާން ސޫރަތުލް ބަޤަރަ [2:158]، ސަޙީޙް މުސްލިމް [2/888]
ސަޢުޔު ކުރާއިރު ޞަފާ ފަރުބަދައިން އެރުނު ހިސާބަކަށް އަރާ ކަޢުބަތުاللَّه ގެފުޅަށް ކުރިމަތިލައިގެން ހުރެ ކުރާ ދުޢާ
اَللّٰهُ أَكْبَرُ، اَللّٰهُ أَكْبَرُ، اَللّٰهُ أَكْبَرُ، وَلِلّٰهِ الْحَمْدُ. لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ. لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا إِلَهَ إِلَّا اَللَّهُ اَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ.
Show TransliterationHide Transliteration
Allāhu akbar, Allāhu akbar, Allāhu akbar, wa lillāhi l-ḥamd. Lā ilāha illallāh waḥdahu lā sharīka lah(u), lahu l-mulku wa lahu l-ḥamdu yuḥyī wa yumīt(u), wa huwa ‘alā kulli shay’in qadīr. Lā ilāha illallāhu waḥdah(u), anjaza wa’dahu wa naṣara ‘abdahu wa hazama l-aḥzāba waḥdah.
އެނމެ ބޮޑީ اللَّه އެވެ. އެނމެ ބޮޑީ اللَّه އެވެ. އެނމެ ބޮޑީ اللَّه އެވެ. اللَّه މެނުވީ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އެންމެހާ ވެރިކަމެއް ލިބިވޮޑިގެންވަނީވެސް اللَّه އަށެވެ. އަދި ތަޢުރީއެއް ޙަޢްޤުވެގެންވަނީ އެ އިލާހަށެވެ. އެކަލާނގެއީ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ. (3 ފަހަރު). اللَّه މެނުވީ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. ވެރިކަން މިލްކުވެ ވޮޑިގެންވަނީ اللَّه އަށެވެ. އަދި ތަޢުރީފު ޙައްޤު ވެގެންވަނީ އެ ކަލާނގެއަށެވެ. އެ ކަލާނގެއޫ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. اللَّه ފިޔަވާ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ ވަޢުދުފުޅު އެކަލާނގެ ފުއްދަވައި އެކަލާނގެ އަޅާއަށް ނަޞްރުދެއްވައިފިއެވެ. (ކާފިރުވީ ޖަމާޢަތްތައް ނިކަމެތި ކުރައްވައި) ބަލިކުރައްވީ ހަމައެކަނި އެކަލާނގެއެވެ.
ސަޙީޙް މުސްލިމް [1218]