
ޠަވާފު ކުރުން
ރުކުނެއްތަން (ލޮކޭޝަން)
ޠަވާފު ކުރަން ފަށާނީ ޙަޖަރުލްއަސްވަދުގެ ބޮސްދިނުމަށް ފަހު، ނުވަތަ ޙަޖަރުލްއަސްވަދާއި ދިމާއިން، ޙަޖަރުލްއަސްވަދަށް އިޝާރާތްކޮށް بِسْمِ اللَّهِ وَاللّٰهُ أَكْبَرُ މިފަދައިން ކިޔުމަށްފަހުގައެވެ. ޠަވާފު ކުރާއިރު ގެފުޅު ހުންނަންވާނީ މީހާގެ ވާތްފަރާތަށް ވާ ގޮތަށެވެ.
ޠަވާފަކީ ގެފުޅު ވަށައިގެން ހަތްބުރު ޖެހުމެވެ. ކޮންމެ ބުރެއްވެސް ފަށާނީ ޙަޖަރުލް އަސްވަދު އާއި ހަމައިންނެވެ. ނިންމާނީވެސް އެހިސާބަށެވެ. މުޅި ޠަވާފުގައިވެސް ފިރިހެނުން ކަނާތު ކޮނޑު ހާމައަށް ބެހެއްޓުން ސުންނަތް ވެގެންވެއެވެ. އަދި ޠަވާފުކޮށް ނިމުމުން ދެކޮނޑުވެސް ފޮރުވަންވާނެއެވެ. ޠަވާފު ކުރުމަށް ވުޟޫ ހުރުން ލާޒިމް ވެގެންވެއެވެ. ޠަވާފު ކުރަމުން ދަނިކޮށް ވުޟޫ ގެއްލިއްޖެނަމަ ވުޟޫކޮށްގެން އަލުން ޠަވާފު ފަށާނީއެވެ. ޠަވާފު ކުރަމުން ދަނިކޮށް ފަރްޟު ނަމާދަށް ޤަމަތް ދީފިނަމަ، ޖަމާޢަތުގައި ބައިވެރިވެ ނަމާދު ކުރާނީއެވެ. އަދި ނަމާދު ނިމިގެން ޠަވާފުގެ ބާކީ އޮތްބައި ފުރިހަމަ ކުރާނީއެވެ.
Duas
މިސްކިތަށް ވަންނަމުން ކިޔާ ދުޢާ (ޙަރަމްފުޅު ތެރެއަށް ވަންނަމުން ކަނާތުފައި އިސްކޮށް ކިޔަން)
بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ
Show TransliterationHide Transliteration
Bismi-llāh, Allāhumma ṣalli alā Muhammad. Allāhumma-ghfir lī wa-ftaḥ lī abwāba raḥmatik
މާތް ﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ! އަދި އެންމެހާ ޞަލަވާތާއި ސަލާމް ހުރީ ﷲ ގެ ރަސޫލާއަށެވެ. ޔާ ﷲ! މިއަޅާގެ ކުށްފާފަތައް ފުއްސަވާށިއެވެ. އަދި އިބަ ﷲ ގެ ރަޙްމަތުގެ ދޮރޮކޮޅުތައް މިއަޅާއަށް ހުޅުއްވާދެއްވާށިއެވެ!
ސުނަން އިބްނު މާޖަ [771]
މިސްކިތަށް ވަންނަމުން ކިޔާ ދުޢާ
أَعُوذُ بِاللَّهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِيمِ
Show TransliterationHide Transliteration
A‘ūdhu bi-llāhi-l-Aẓīm, wa bi-wajhihi-l-karīm, wa sulṭānihi-l-qadīm, mina-sh-Shayṭāni-r-rajīm
މިއަޅާ، މަތިވެރި މާތްﷲ ގެ ޙަޟްރަތުން، އަދި އެކަލާނގެ މާތް ވަޖުހުފުޅާއި އެކަލާނގެ އިސްވެވޮޑިގެންވާ ބާރު މެދުވެރިކޮށް، ރަޙްމަތުން ދުރުކުރެވިފައިވާ ޝައިޠާނާގެ ކިބައިން ރައްކައުތެރި ކޮށްދެއްވުން އެދި ދަންނަވަމެވެ.
ސުނަން އަބީ ދާވޫދު [466]
ކަޢުބަތުﷲ ގެފުޅު ފެނުމުން
اَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلَامُ، فَحَيِّنَا رَبَّنَا بِالسَّلَامِ، اللَّهُمَّ زِدْ هَذَا الْبَيْتَ تَشْرِيفًا وَتَعْظِيمًا وَتَكْرِيمًا وَمَهَابَةً وَبِرًّا
Show TransliterationHide Transliteration
Allāhumma Anta-s-Salāmu wa minka-s-salām, ḥayyinā Rabbanā bi-s-salām. Allahumma zid hâdzal baita tasyrîfan wa ta'dzîman wa takrîman wa mahâbatan wabirra.
ހައްދަވާ ބޮޑުކުރެއްވި ﷲ! އަމާންކަމަކީ އިބަ ﷲ އެވެ. އަދި އަމާންކަން ލިބުންވަނީ އިބަ ﷲ ގެ ޙަޟުރަތުންނެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެން އަމާންކަމުގައި ދިރި ދަމަހައްޓަވާށިއެވެ. ހައްދަވާ ބޮޑު ކުެރެއްވި ރަސްކަލާކޮ! މި ގެފުޅު ޝަރަފުވެރިކަމާއި މަތިވެރިކަމާއި މާތްކަމާއި ހައިބަވަންތަކަމާއި ހެޔޮކަމުގައި އިތުރު ކުރައްވާށިއެވެ.
ޠަވާފު ކުރަން ފަށަމުން
بِسْمِ اللَّهِ وَاللّٰهُ أَكْبَرُ
Show TransliterationHide Transliteration
Bismi llāhi wa llāhu akbar
الله ގެ އިސްމުފުޅުން ފަށަމެވެ. އަދި އެންމެ ބޮޑީ الله އެވެ.
ރުކުނުޔަމާނީއާއި ޙަޖަރުލް އަސްވަދުއާއި ދެމެދުން ހިނގާއިރު
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
Show TransliterationHide Transliteration
Rabbanā ātinā fi d-dunyā ḥasanatan wafi l-ākhirati ḥasanatan wa qinā ‘adhāba n-nār
އަޅަމެންގެ ވެރި ރަސްކަލާކޮ! ދުނިޔޭގައި ހެޔޮކަން އަދި އާޙިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވައި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!
[2:201] ކީރިތި ޤުރުއާން، ސޫރަތުލް ބަޤަރާ