
ޠަވާފުގެ ދެ ރަކުއަތް ކުރުން
ސުންނަތެއްތަން (ލޮކޭޝަން)
ޠަވާފުގެ ދެ ރަކުއަތް ކުރާނީ މަޤާމް އިބްރާޙީމް އާއި ކަޢުބަތުﷲ ގެފުޅާއި ދޭތެރޭގައެވެ.
ޠަވާފުގެ ހަތްބުރު ޖަހައިނިމުމުން، މަޤާމް އިބްރާހީމް އަށް ގޮސް ޠަވާފުގެ ސުންނަތް ދެ ރަކުޢަތް ކަމަށް ނިޔަތްގަނެ ކުރު ދެރަކުޢަތް ކުރާށެވެ. އެތަނާ ކައިރި ނުވެވޭނަމަ މިސްކިތުގެ ކޮންމެ ތަނެއް ވެސް ފުދޭނެއެވެ. މިނަމާދުގެ ފުރަތަމަ ރަކްޢަތުގައި ސޫރަތުލް ފާތިޙާއަށް ފަހު ސޫރަތުލް ކާފިރޫން އަދި ދެވަނަ ރަކްޢަތުގައި ސޫރަތުލް ފާތިޙާއަށް ފަހު ސޫރަތުލް އިޚްލާޞް ކިޔާ ނަމާދު ފުރިހަމަ ކުރުމަށްފު އިޚްލާސްތެރިކަމާއެކު ދުޢާ ކުރާނީއެވެ.
Duas
ސޫރަތުލް ފާތިޙާ
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ﴿۱﴾ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ﴿۲﴾ ٱلرَّحۡمَٰنِ ٱلرَّحِيمِ﴿۳﴾ مَٰلِكِ يَوۡمِ ٱلدِّينِ﴿۴﴾ إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ﴿۵﴾ ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ﴿۶﴾ صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ﴿۷﴾
Show TransliterationHide Transliteration
Bismillah hir rahman nir raheem. Alhamdu lillaahi Rabbil ‘aalameen. Ar-Rahmaanir-Raheem. Maaliki Yawmid-Deen. Iyyaaka na’budu wa lyyaaka nasta’een. Ihdinas-Siraatal-Mustaqeem. Siraatal-lazeena an’amta ‘alaihim ghayril-maghdoobi ‘alaihim wa lad-daaalleen
ރަޙްމާންވަންތަ ރަޙީމްވަންތަ اللَّه ގެ އިސްމުފުޅުން ފަށައިގަންނަމެވެ. ޙަމްދުހުރީ، ޢާލަމްތަކުގެ ވެރި اللَّه އަށެވެ. (އެކަލާނގެއީ) ރަޙްމާވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ޤިޔާމަތްދުވަހުގެ ވެރި ރަސްކަލާނގެއެވެ. އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތުންންނެވެ. އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ އިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.
ކީރިތި ޤުރުއާން، ސޫރަތުލް ފާތިޙާ [7-1:1]
ސޫރަތުލް ކާފިރޫން
قُلْ يَا أَيُّهَا الْكَافِرُونَ﴿۱﴾ لَا أَعْبُدُ مَا تَعْبُدُونَ﴿۲﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴿۳﴾ وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴿۴﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴿۵﴾ لَكُمْ دِينُكُمْ وَلِيَ دِينِ﴿۶﴾
Show TransliterationHide Transliteration
Qul yaaa-ayyuhal kaafiroon. Laaa a’budu maa t’abudoon. Wa laaa antum ‘aabidoona maaa a’bud. Wa laaa ana ‘abidum maa ‘abattum. Wa laaa antum ‘aabidoona maaa a’bud. Lakum deenukum wa liya deen.
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފިރުންނޭވެ! ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ. އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.
ކީރިތި ޤުރުއާން، ސޫރަތުލް ކާފިރޫން [6-109:1]
ސޫރަތުލް އިޚްލާޞް
قُلۡ هُوَ ٱللَّهُ أَحَدٌ﴿۱﴾ ٱللَّهُ ٱلصَّمَدُ﴿۲﴾ لَمۡ يَلِدۡ وَلَمۡ يُولَدۡ﴿۳﴾ وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ﴿۴﴾
Show TransliterationHide Transliteration
Bismillah hir rahman nir raheem. Qul huwal laahu ahad. Allah hus-samad. Lam yalid wa lam yoolad. Wa lam yakul-lahoo kufuwan ahad.
ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.
ކީރިތި ޤުރުއާން، ސޫރަތުލް އިޚްލާޞް [4-112:1]